ޕޮލިސް

މާލޭގައި ތެޔޮ ލީކުވުމުގެ ހާދިސާއެއް ހިނގުމުގެ ސަބަބުން އާންމުން ރައްކާތެރިވުމަށް ފުލުހުން އިލްތިމާސްކޮށްފި

މަރިޔަމް ޝަހުދާ

މާލޭގައި ތެޔޮ ލީކުވުމުގެ ހާދިސާއެއް ހިނގުމުގެ ސަބަބުން އާންމުން ރައްކާތެރިވެ ތިބުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

''ވަން އޮންލައިން'' އަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނީ މި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު 11:30 ހާއިރު ކަމަށެވެ. އަދި މިހާރު އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

މިހާދިސާ ހިނގާފައިވަނީ ފަރީދީމަގު ލެމަންގްރާސް ރެސްޓޯރަންޓް ކައިރިންނެވެ. ފުލުހުންވަނީ މި ސަރަހައްދުން ދަތުރު ކުރާ އެންމެނަށް ސަމާލުކަމާއެކު ދަތުރު ކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ސަލާމަތީ ސަބަބުތަކަށްޓަކައި، މި ސަރަހައްދުން ކޮންމެހެން ދަތުރު ކުރަން ޖެހިގެން ނޫނީ ދަތުރު ނުކުރުމަށް ވެސް ފުލުހުން އެދެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފެއް ނުވެއެވެ.