ކޮމިޝަނާ އޮފް ޕޮލިސް

ހަ ކިލޯގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 6 ކިލޯގެ މަސްތުވާކެއްޗާއެކު މިއަދު މީހަކު ހައްޔަރުކޮށްފިއެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މީގެއިރުކޮޅެއް ކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންގެ ޑްރަގް އިންޓަލިޖެންސް ޔުނިޓާއި، އަޕާ ނޯތު ޑިވިޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 6.023 ކިލޯގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކުރި ކަމަށެވެ.

މީގެ ހަތްދުވަސްކުރިން ފުލުހުން ހިންގަންފެށި އޮޕަރޭޝަނުގައި އޭނާ ހައްޔަރުކުރީ މިއަދު ކަމަށް ހަމީދު ވިދާޅުވިއެވެ. އެ މީހާއަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި އިސްކޮށް އުޅޭ މަޝްހޫރު މީހެއް ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އޭނާ ހައްޔަރުކުރީ ކޮން ތަނަކުންކަމެއް ހާމައެއް ނުކުރައްވައެވެ.