ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހާއި ޔުނިސެފް ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކޮށްފި

ރައްޔިތުންގެ މަޖިލީހާއި ޔުނިސެފް ގުޅިގެން ކުރެވެން ހުރި ކަންކަމާ ބެހޭ ގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޔުނިސެފްގެ އިސް ބޭފުޅުން މިއަދު މަޝްވަރާކުރައްވައިފިއެވެ.

''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން މަޖިލީހުގެ އިދާރާގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިއަދު އެގާރަ ޖެހި އިރު ބޭއްވި މިބައްދަަލުކުރެއްވުމުގައި ދެ ފަރާތުން ވެސް މަޝްވަރާ ކުރެއްވީ ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން ކަމަށެވެ.

އެގޮތުން މަޝްވަރާތަކުގައި ދެފަރާތުން ގުޅިގެން ކުރެވެން ހުރި ކަންކަމަކީ ކޮބައިތޯ ބަލައި، އެކަންކަމުގައި ދެފަރާތުން އެއްބާރުލުން ދިނުމަށް މަޝްވަރާކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.