އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގައި، މިވަގުތު ކުރިއަށްދާ 7 ކޮމިޓީގައި 77 މެންބަރުން ބައިވެރިވެ ވަޑައިގަންނަވާތީ އާއި، މިއަދުގެ އެޖެންޑާގައި އިތުރު ކަމަކަށް ބަހުސްކުރަން ނެތުމުން، މިއަދުގެ ވޯޓު ގަޑީގައި މަޖިލީހުގެ ޖަލްސާ ފެށުމަށް ޖަލްސާ މެދު ކަނޑުއްވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ މެންދުރު ދަންފަޅި، އެކެއް ޖަހާއިރު ފެށުމަށްފަހު، ވާހަކަ ދެއްކެވުމަށް ފުރުސަތު ދެއްވީީ އެންމެ މެންބަރަކަށެވެ.
އެއީ ދިވެހިން މަސްވެރިކަން ކުރާ ސަރަހައްދުތަކެއް ފާހަގަކޮށް އޮފްޝޯ ޕްލެޓްފޯމް ތަކެއް ގާއިމު ކުރުމާ ގުޅޭގޮތުން ހުށަހަޅާފައިވާ ގަރާރުގެ ބަހުސް ނިމިފައިވާތީ، އެ ގަރާރަށް ފަހުބަސްް ވިދާޅުމަށް މާފަންނު މެދު ދާއިރަގެ މެންބަރު އިބްރާހިމް ރަޝީދަށް ދެއްވި ފުރުސަތެވެ.
މެންބަރު ފަހުބަސް ވިދާޅުވެ ނިންމަވައިލެއްވުމުން، ޖަލްސާގެ ރިޔާސަތުން މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲ ވިދާޅުވީ، މަޖިލީހުގައި މިވަގުތު 7 ކޮމިޓީއެއް ކުރިއަށްދާ ކަމަށާއި އެ ކޮމިޓީތަކުގައި މަޖިލީހުގެ 77 މެންބަރުން ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.
އަދި މަޖިލީހުގެ އެޖެންޑާގައި މިއަދުގެ ޖަލްސާގައި ދެން ހުށަހަޅަން އޮތް، އިންޑިއާ ކަނޑުގައި ބޮޑުދާ އެޅުން ހުއްޓުވައި ދެމެހެއްޓެނިވި މަސްވެރިކަން ކުރުމަށް ގޮވާލާ ގަރާރު ހުށަހަޅުއްވަން ޖެހޭ، ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުالله ޝަހީމް އަބްދުލްހަކީމް ވެސް އިންނެވީ ކޮމިޓީއެއްގައި ކަމަށާއި، އެހެންކަމުން އެ ގަރާރު ހުށަހެޅުން މާދާގެ ހެނދުނަށް ލަސްކުރެއްވީ ކަމަށެވެ.
އެެހެންކަމުން 1:30 ގައި އޮންނަ ވޯޓުގެ ގަޑިއަށް ޖަލްސާ ފެށުމަށް މަޖިލީހުގެ ޖަލްސާ މެދުކަނޑާލެއްވީ ކަމަށް ނާއިބު ރައީސް ވިދާުވިއެވެ.