ރާއްޖެއަށް މުޅިން އަލަށް ޔޫއޭއީގެ ރަކްތާރމް ބްރޭންޑްގެ ހޮޓް ވޯޓާ ޕައިޕިންގް ސިސްޓަމް ރެއިންބޯއިން ތައާރަފުކޮށްފި އެވެ.
ރެއިންބޯ އިން މައުލޫމާތު ދިން ގޮތުގައި އަލަށް ތައާރަފުކުރި ރަކްތާރމް ބްރޭންޑްގެ ހޮޓް ވޯޓާ ޕައިޕިންގް ސިސްޓަމަކީ ޖަރުމަނުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޔޫއޭއީގެ ރަކްތާމް ކުންފުނީން އުފައްދާފައިވާ މޮޅު އުފެއްދުމެކެވެ. އަދި މި ހޮޓް ވޯޓާ ސިސްޓަމަކީ ގޭގޭގެ އިތުރުން ރިސޯޓްތަކާއި އަދި ގެސްޓް ހައުސް ތަކަށް ވެސް އެކަށީގެންވާ އެންމެ ފެންވަރު ރަނގަޅު ސިސްޓަމް ކަމަށް ރެއިންބޯއިން ބުނެއެވެ.
މިއީ ރާއްޖޭގައި ޓެސްޓްކޮށް އިތުބާރު ލިބިފައިވާ ބްރޭންޑެއް ކަމަށާއި އަމާޒަކީ ރަކްތާރމް ބްރޭންޑްގެ ހޮޓް ވޯޓާ ޕައިޕިންގް ސިސްޓަމް ދާއިމީކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދިނުން ކަމަށް ރެއިންބޯއިން ބުނެއެވެ.
ރަކްތާރމް ކުންފުންޏަކީ ދުނިޔޭގެ ނަން މަޝްހޫރު އަދި ހައި އެންޑް ގްލޯބަލް ޕައިޕިންގް ސިސްޓަމް އުފައްދާ ކުންފުންޏެކެވެ. މި ކުންފުނީގެ ހޮޓް ވޯޓާ ޕައިޕިންގް ސިސްޓަމް އެކްސްކްލޫސިވްކޮށް ލިބެން ހުންނާއީ ރެއިންބޯ ބިލްޑްވެއާ އިންނެވެ.