މަގުމަތީގެ ރައްކާތެރިކަން

މަގުމަތީގެ ރައްކާތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ހިރިޔާ ސްކޫލްގައި ފަށައިފި

މަރިޔަމް ޝަހުދާ

ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހިންގުމަށް ހަމަޖައްސާފައިވާ "މަގުމަތީގެ ރައްކާތެރިކަމާ ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމް" ރަސްމީކޮށް ފަށައިފި އެވެ.

މިއަދު ހެނދުނު މިކަމަށް ހާއްސަކޮށްގެން ހިރިޔާ ސްކޫލްގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައެވެ. މި ރަސްމިއްޔާތު ޝަރަފިވެރިކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރު އޮފް އެޑިއުކޭޝަން ޑރ. އައިޝަތު އަލީ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި، "މަގުމަތީގެ ރައްކާތެރިކަމާ ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމް" އިފްތިތާހުކޮށްދެއްވައި ނައިބު ރައީސް ވަނީ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވު ދަރިވަރުންނާއި މުދައްރިސުންނާ މުހާތަބުކުރައްވައި ވާހަކަ ދައްކަވާފައެވެ.

މި ރަސްމިއްޔާތުގައި ހިރިޔާ ސްކޫލްގެ ދަރިވަރުންގެ ފަރާތުން ނައިބު ރައީސް އަށް ހަނދާނީ ފިލައެއް ހަދިޔާކޮށްފައި ވެއެވެ.