ދިޕިިކާ ޕަދުކޯން އަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެންމެ ގިނަ އެވޯޑު ހޯދި ބޮލީވުޑްގެ ބަތަލާއެވެ.
ރާއްޖޭގައިވެސް އޭނާގެ ފޭނުން ވަރަށް ގިނައެވެ.
ދިޕިކާ އަކީ ފިލްމީ ދާއިރާއަށް ނުކުމެ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮލީވުޑްގެ އެންމެ އުހަށް ދަތުރުކުރި މަދު ތަރިންގެ ތެރޭގައި ހިމެނޭ ކުޅަދާނަ އެކްޓްރެސް އެކެވެ. އަދި މިހާރު އޭނާ އަންނަނީ ހޮލީވުޑްގައިވެސް ފިޔަ ޖަހަމުންނެވެ.
މި ލިޔުމުގައި މި ހިމަނާލަނީ އޭނާއާ ގުޅޭ ބައެއް ވާހަކަތަކެވެ.
ދިޕިއާ އަކީ ގައުމީ ފެންވަރުގައި ބެޑްމިންޓަން ކުޅުނު ފަރާތެކެވެ.
އޭނާގެ ބައްޕަ އަކީވެސް އެކަމުގައި އަރާހުރި މީހެކެވެ.
ދިޕިކާގެ ބައްޕަ ޕްރަކާޝް ޕަޑުކޯންއަކީ ބެޑްމިންޓަންގެ ދުނިޔޭގައި ވިދާލި ނަމެކެވެ.
ދިޕިކާ އެ ކުޅިވަރަށް ހިތްޖެހުނީ ޕްރަކާޝްގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ.
ދިޕިކާ އުފަންވީ ޑެންމާކްގެ ކޯޕެންހޭގަންގައެވެ.
އޭނާގެ ނަމުގެ ފަހުބައިގައި އިންނަ "ޕަދުކޯން" އެނަމަކީ ކަރްނާޓަކާގެ އަވަށަކަށް ކިޔާ ނަމެކެވެ.
ދިޕިކާގެ އެންމެ ފުރަތަމަ ފިލްމަކީ ބޮލީވުޑްގެ ފިލްމެއް ނޫނެވެ.
ބެލުންތެރިންނަށް އޭނާ އެންމެ ފުރަތަމަ ފެނުނީ ކަންނާޑާ ފިލްމެއް ކަމަށްވާ "އައިޝްވަރްޔާ"އިންނެވެ.
އެ ފިލްމުގައި ދިޕިކާ އާއި އެކީގައި ދެން ފެނިގެން ދިޔައީ އުޕެންދްރާއެވެ.
އެ ފިލްމު ނެރެފައިވަނީ 2006 ވަނަ އަހަރުގައެވެ.
ދިޕިކާގެ ކާމިޔާބު ފިލްމު "ބާޖީރާއޯ މަސްތާނީ"އަށް ތަައްޔާރުވުމަށް އޭނާ ވަރަށް ބުރަ މަސައްކަތް ކުރިއެވެ.
އޭނާ ވަނީ ކަނޑި ގެންގުޅުމުގެ ހުނަރާއި މާޝަލް އާޓްސްވެސް އުނގެނިފައެވެ.
ދިޕިކާ އާއި އޭނާގެ ކުރީގެ ލޯބިވެރިޔާ ރަންބީރް ކަޕޫރުގެ ގުޅުން ނިމުމަކަށް ގެނެސްފައިވަނީ 2009 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ.
އެދެމީހުން ބްރޭކްއަޕްވީ ރަންބީރް ބޭވަފާތެރި ވުމުގެ ސަބަބުން ކަމަށް ހަބަރުތައް ބުނެއެވެ.