2023 ވަަނަ އަހަރުގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
2023 ވަަނަ އަހަރުގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބާއްވާ ގައުމަކަށް ރާއްްޖެ ހޮވިފައިވާ ކަމަށާއި، އެކަމާ ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށެވެ.
އަދި އައިއޯއައިޖީގެ 10 އެޑިޝަނުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެފައިވާ ކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
އައިއޯއައިޖީއަކީ އިންޑިއާ ކަނޑުގައި އޮންނަ ގައުމުތަކުގެ މެދުގައި ކޮންމެ ހަތަރު އަހަރުން އެއް އަހަރު ބާއްވާ މުބާރާތެކެވެ.
އެ މުބާރާތް އެންމެ ފުރަތަމަ ބާއްވާފައިވަނީ 1977 ވަނަ އަހަރުގައެވެ.
އައިއޯއައިޖީއަކީ މި ސަރަހައްދުގައި ބާއްވާ ކުޅިވަރުގެ އެންމެ ބޮޑު އެއް މުބާރާތެވެ.
ރާއްޖެއަކީ އައިއޯއައިޖީގެ ފައުންޑަރ މެމްބަރ ގައުމަކަށް ވާއިރު، 2023 ވަނަ އަހަރު އޮންނަ އައިއޯއައިޖީ މުބާރާތް ރާއްޖޭގައި ބާއްވައިފިނަމަ، އެއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ކުޅިވަރުގެ މުބާރާތަށް ވެގެން ދާނެއެވެ.
މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއިން އަންނަނީ ފަހުރުވެރި ކާމިޔާބީތަކެއް ހޯދަމުންނެވެ.
އެގޮތުން، މިހާތަނށް ރާއްޖެއަށް ތިން ރަން މެޑަލް ވަނީ ލިބިފައެވެ. އަދި މިހާތަނަށް 13 މެޑަލް ވަނީ ހޯދާފައެވެ.