ލ. އަތޮޅުގެ ރަށެއްގައި ދިހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، ޖިންސީ ގޯނާކުރި މައްސަލައިގައި ރޭ 6:30 ހާއިރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 51 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އެ މައްސަލަ ރިޕޯޓު ކޮށްފައިވަނީ އަންގާރަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.
އެމައްސަލައާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހާމައެއް ނުކުރެއެވެ.
ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކޮށްލެވެއެވެ.