ޕޮލިސް

މާލޭގައި ބިދޭސީއެއްގެ އަތް ދަބަސް ފޭރިގެންފި

މާލޭގައި މިރޭ ބިދޭސީ އަންހެނެއްގެ އަތް ދަބަސް ފޭރިގެންފިއެވެ.

ފުލުހުން މިރޭ ބުނީ، މިރޭ 7:24 ހާއިރު ވީބީ މާޓާއި ސޮނީ ހާޑުވެއާ އާ ދެމެދު އޮންނަ ނޫރީ ގޯޅީގައި ހުރި ބިދޭސީ އަންހެނެއްގެ އަތް ދަބަސް ފޭރިގަނެގެން ފުލުހުންނަށް ރިޕޯޓްކުރި ކަމަށެވެ.

އަދި އެމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

ފަހަކަށް އައިސް މާލެއާއި އަތޮޅުތަކުގައި ވައްކަމުގެ މައްސަލަތައް އިތުވެފައިވާއިރު، މަލޭގައި ފޭރުމުގެ މައްސަލަވެސް އިތުވަމުންދާކަން ފާހަގަކުރެވެއެވެ.