ދިރާގުގެ ކަސްޓަމަރުންނަށް ބައެއް ހިދުމަތްތައް ލިބުމުގައި ދަތިވާ މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނިން ބުނެފިއެވެ.
އެކުންފުނިން ބުނީ އިއްޔެ ހަވީރުން ފެށިގެން، އެކުންފުނީގެ ކަސްޓަމަރުންނަށް ބައެއް ހިދުމަތްތައް ހޯދުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި އެއީ ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ދިމާވާ ދަތިތަކެއް ކަމަށްވެސް ބުނެފައިވެއެވެ.
އެގޮތުން ވައުޗަރު ބޭނުންކޮށްގެން ރީޗާޖު ކުރުމާއި، އެޑްއޮންސް ގަތުމުގައި ދަތިވާ ކަމަށް ދިރާގުގެ ބައެއް ކަސްޓަމަރުން ވަނީ ބުނެފައެވެ.
އެކުންފުނިން ބުނީ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމަށް އަބަދުވެސް މަސައްކަތް ކުރާ ކަމަށާއި، މިހާރު ދިމާވެފައިވާ ދަތިތަކަށްވެސް އަވަސް ހައްލެއް ހޯދައިދޭނެ ކަމަށެވެ.
ދިރާގުގެ ބައެއް ކަސްޓަމަރުންނަށް ކޯލު ކުރުމުގައި ދަތިތަކެއް ކުރިމަތިވެގެންވެސް ޝަކުވާ ކޮށްފައިވެއެވެ. އެހެންނަމަވެސް، ދިރާގުން ހާމަ ކުރާ ގޮތުގައި އެމައްސަލަ މިހާރު ވަނީ ހައްލު ކުރެވިފައެވެ.