ބޮލީވުޑް

ތަނުޝްރީ އާ ދެކޮޅަށް ރާކީ އަބުރުގެ ދައުވާ ކޮށްފި

ރާކީ ސާވަންތް އަދި ތަނުޝްރީ ދައްތާ އާއި ދެމެދު އޮތް ހިޔާލު ތަފާތުވުން ގޯސްވެ ތަނުޝްރީ އާ ދެކޮޅަށް ރާކީ އަބުރުގެ ދައުވާ ކޮށްފިއެވެ.

ރާކީ ކުރި އަބުރުގެ ދައުވާގައި ބުނާ ގޮތުގައި ތަނުޝްރީ ވަނީ އޭނާގެ އަބުރު މީޑިއާގައި ގެއްލުވާލާފައެވެ. އެހެން ކަމުން ކްރިމިނަލް އަދި ސިވިލް ކޭސް އެެއްގެ ގޮތުގައި މައްސަލަ ހުށަހެޅީއެވެ. އަބުރުގެ ދައުވާ ކުރުމަށްފަހު ރާކީ މީޑިއާ އަށް ހިއްސާ ކުރި ގޮތުގައި ތަނުޝްރީ އާއި ދެކޮޅަށް ކޮށްފައި ވަނީ 25 ޕެއިސޭ (25 ލާރީގެ) އަބުރުގެ ދައުވާއެކެވެ.

ރާކީ ވަނީ މީޓޫ މޫވްމަންޓާ ގުޅޭ ގޮތުންވެސް ވާހަކަ ދައްކާފައެވެ. ރާކީ ބުނިގޮތުގައި ތަނުޝްރީ އޭނާގެ މައްޗަށް ތުހުތަމު ކޮށްފައިވާ އަލޮކް ނާތު އާއި އަނޫ މަލިކް އާއި ގުޅޭ ތުހުމަތު ތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަ ތަކެކެވެ.

މީގެ އިތުރުން ތަނުޝްރީ ރާކީ އާއި ދެކޮޅަށް 10 ކްރޯޑްގެ އަބުރުގެ ދައުވާއެއް ކޮށްފައިވާ ކަމުގެ އަޑު ތަކެއް ފެތުރިފައިވާތީ، މީޑިއާއިން ސުވާލު ކުރުމުން އެކަމަށް ރާކީ ވަނީ އިންކާރު ކޮށްފައެވެ.