ކުޅިވަރު

ޕެރަލިމްޕިކް އިން ބުރޮންޒް މެޑަލް ހޯދި މާޒިންއަށް ޔޫތް މިނިސްޓަރުގެ ތައުރީފު

އާނިފާ ހުސެއިން ސިރާޖް

ޕެރަލިމްޕިކް އިން ބުރޮންޒް މެޑަލް ހޯދި މާޒިންއަށް ޔޫތް މިނިސްޓަރ އަހްމަދު މަހުލޫފް ތައުރީފު ކުރައްވައިފިއެވެ.

މިނިސްޓަރް ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ މާޒިން އަކީ ގައުމުގެ އެހެންމީހުންނަސް ހުރި ނަމޫނާއެއް ކަމަށާއި އެކަމަށް ޝުކުރުވެރިވާ ކަމަށެވެ.

.

އޭގެ އިތުރުން މާޒިން ދައްކުވައި ދިނީ އެއްވެސްކަމަކީ ބުރަމަސައްކަތާއިއެކު އެކަމެއް ހާސިލް ކުރަން މަސައްކަތް ކޮށްފިނަމަ ނުވާނެ ކަމެއް ނޫންކަންވެސް މިނިސްޓަރ ފާހަގަކުރައްވާފައި ވެއެވެ.

މާޒިން ހޯދި ކާމިޔާބީއަކީ ރާއްޖޭގެ ތާރީހުގައި ލިޔެވި ތަޅުލެވިގެންދާނެ ކާމިޔާބީއެއްކަން ބަޔާންކޮށް މިނިސްޓަރ ބުނެފައިވަނީ މާޒިންއާއި އެހެން ބައިވެރިންނަށްވެސް މެޑަލް ހަވާލުކުރަން ލިބުމުން ފަހުރުވެރިވާ ކަމަށެވެ.

އައިއޯއައިޖީގައި ރާއްޖެއިން ވަނީ މިހާތަނަށް ފަސް މެޑެލް ހޯދައިފައެވެ. އެއީ ރާއްޖޭގެ އަންހެން ޓޭބަލް ޓެނިސް ޓީމު ހޯދި ރަން މެޑެއްޔާއި ފިރިހެން ބެޑްމިންޓަން ޓީމު ހޯދި ލޯ މެޑެއްޔާއި އަންހެން ބެޑްމިންޓަން ޓީމު ހޯދި ލޯ މެޑެއްޔާއި ޕެރަ 100 މީޓަރުގެ އިވެންޓުގައި ރާއްޖޭގެ ދުވުންތެރިޔާ މުހައްމަދު މާޒިން ހޯދި ލޯ މެޑެލް އަދި ފިރިހެން ބީޗް ވޮލީބޯޅަ ޓީމު ހޯދި ރިހި މެޑެއްޔެވެ.