އެސްޓީއޯ އިން ''އަލް ނޫރު'' ހިކި ކިރު ބާޒާރަށް ނެރެފިއެވެ.
އެސްޓީއޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކުންފުނިން ބުނީ، މިއަދު ބާޒާރަށް ނެރުނު އަލް ނޫރު ހިކި ކިރު އަންނަ މަހުން ފެށިގެން އެސްޓީއޯ ރީޖަނަލް ފިހާރަތަކުން ލިބޭނެ ކަމަށެވެ.
އެސްޓީއޯއިން ވިއްކާ މި ބްރޭންޑްގެ ކިރު ޕެކެޓްތަކުގެ އަގުތަކަށް ބަލާއިރު، ރީޓެއިލްކޮށް އެސްޓީއޯ ސުޕަމާޓް ފިހާރައިން 800 ގުރާމްގެ ޕަކެޓެއް 95ރ. އަށް، 1800 ގުރާމްގެ ޕަކެޓެއް 102ރ، އަށް، ލިބޭއިރު އަދި 2250 ގުރާމްގެ ޕެކެޓެއް 245ރ. އަށް ލިބޭނެ ކަމަށް އެކުންފުނިން ބުނެއެވެ.
އަދި ކޭހުން ގަންނަނަމަ 800 ގުރާމް (12 ޕެކެޓު) ގެ ކޭހެއް 1035ރ. އަށް، 1800 ގުރާމް (6 ޕެކެޓު) ގެ ކޭހެއް 1165ރ. އަށް ލިބޭނެއެވެ. އަދި 2250 ގުރާމް (6 ޕެކެޓު)ގެ ކޭހެއް 1385ރ. އަށް ސުއްޕާމާޓް ހޯލްސޭލް ސެންޓަރުން ލިބޭނެއެވެ.
އެސްޓީއީން އިން ބުނީ، އެ ފިހާރައިން ގަންނަ ކޮންމެ އަލްނޫރު ހިކިކިރު ޕެކެޓަކާއިއެކު އަލްނޫރު ލޯގޯޖެހި ބިއްލޫރިތައްޓެއް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ.