މާލެ

ސައިކަލެއްގައި ދިޔަ މީހެއްގެ ބޮލަށް ގޮފި ގަނޑެއް ވެއްޓި އަނިޔާވެއްޖެ

މާލޭގައި ސައިކަލެއްގައި ދިޔަ މީހެއްގެ ބޮލަށް ގަހެއްގެ ގޮފިގަނޑެއް ވެއްޓި އަނިޔާވެއްޖެއެވެ.

ދާދި ދެންމެއަކު ހުރަވީ ބިލްޑިންގު ކައިރިން ސައިކަލެއްގައި ދިޔަ މީހެއްގެ ބޮލަށް ގަހުގެ ގޮފި ގަނޑެއް ވެއްޓި އޭނާއަށް ވަނީ އަނިޔާވެފައެވެ.

ދާދި ފަހުން ވަނީ މާލޭގައި ހަދަމުން ދިޔަ އިމާރާތެއްގެ ސައިޓުގައި ޖަހާފައި ހުރި ދަގަނޑު ހޮޅިއެއް ވަޔާ އެއްލައިލައި، އެވަގުތު ދުއްވާފައި ދިޔަ ސައިކަލެއްގެ ފަހަތުގައި އިންމީހެއްގެ ބޮލުގައި ޖެހިފައެވެ.