ބޮލީވުޑް

ޗުއްޓީއަށް ދެވޭވަރަށްވުރެ ޝްރައްދާ ކަޕޫރު ބިޒީ

ގިނަ ފިލްމުތަކެއްގައި މަސައްކަތް ކުރަން ޖެހުމުން ބިޒީ ވެގެން ރައްޓެހިންނާއެކު ޗުއްޓީއަށް ދިޔުމަށް ހަދާފައިވާ ޕްލޭންތައް ޝްރައްދާ ކަޕޫރު ހޯލްޑްކޮށްފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިވަގުތު ޝްރައްދާ އަންނަނީ ފިލްމު "ސްޓްރީޓް ޑާންސާ" އަށް ބޭނުންވާ އޭނާގެ ޑާންސް މޫވްސްތައް ރިހާސްކުރުމުންނެވެ. މީގެ އިތުރުން އޯގަސްޓްމަހު ޝްރައްދާގެ ފިލްމު "ސާހޯ" ގެ ޕްރޮމޯޝަނަލް މަސައްކަތްތައްވެސް ފެށިގެންދާނެއެވެ. އަދި ފިލްމު "ޗިޗޯރޭ" ގެ ޕްރޮމޯޝަނަލް މަސައްކަތްވެސް ހަަމަ އޯގަސްޓް މަހު ފެށިގެންދާނެ އެވެ. ފިލްމު "ސްޓްރީޓް ޑާންސާ" ގެ ޝޫޓިންވެސް ފެށެނީ އޯގަސްޓްގައެވެ.

ފިލްމުގެ މަސައްކަތުގެ އިތުރުން ޝްރައްދާ އަންނަނީ އޭނާގެ އަމިއްލަ ކަންކަންވެސް މީސްމީޑިއާ މެދުވެރިކޮށް ފޭނުންނާ ހިއްސާކުރަމުންނެވެ. އެންމެ ގަދައަށް ޝްރައްދާ ހިއްސާކުރަނީ އޭނާގެ ކުއްތާގެ ޕޯސްޓް ތަކެވެ.