މިމަހު 18 ވަނަ ދުވަހު އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައި ބަތަލު ޝާހުރުކް ޚާން ފުރައިފިއެވެ.
ޝާހު ފުރީ އިއްޔެގެ ވަގުތެއްގައެވެ. އޭނާ ވަނީ ރާއްޖެއިން ފުރުމުގެ ކުރިން އިންސްޓަގްރާމުގައި ވީޑިއޯއެއް ހިއްސާކޮށްފައެވެ.
ޝާހުގެ ވީޑިއޯގެ ކެޕްޝަނުގައި ވަނީ ރާއްޖެއިން ދާން ޖެހޭތީ ދެރަވާކަން ހާމަކޮށްފައެވެ. އަދި ޖުމެއިރާ މަތިން ހަނދާންވާނެ ކަމަށް ބުނަމުން އެ ރިސޯޓްގެ މުވައްޒަފުންނަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.
މީގެ އިތުރުން ޝާހުގެ އަންހެން ގޯރީވެސް ވަނީ ފުރަމުން ދަރިންގެ ފޮޓޯއެއް އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ.