ރޭ 23:30 ހާއިރު އިސްދޫ ބޮޑުމަގުގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާ ވެއްޖެއެވެ.
ޕޮލިހުން މައުލޫމާތު ދިން ގޮތުގައި ފަރުވާ ދެމުން އަންނަނީ 30 އަހަރު، 34 އަހަރު އަދި 21 އަހަރުގެ 3 ދިވެހި ފިރިހެނުންނަށެވެ. މިތަނުން އެކެއްގެ ކަނާއަތު ފައިގެ ކުޑަހުޅުމަތިން ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އެކްސިޑެންޓްގައި ހިމެނޭ ދެ ސައިކަލުވެސް ދުއްވާފައި ވަނީ ލައިސަންސް އޮންނަ ދެމީހުންނެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ އިސްދޫ އިން ކަލައިދު އަށް ދަތުރުކުރި ސައިކަލެއް ކަލައިދޫ އިން އިސްދޫއަށް ދަތުރުުކުރި ސައިކަލެއްގައި ޖެހިގެންނެވެ. ކަލައިދޫން އިސްދުއަށް ދަތުރުކުރި ސައިކަލު ދުއްވާފައިވަނީ ނުގަވައިދު ފަޅީން ކަމަށް ފުލުހުން ބުނެ އެވެ.
މި އެކްސިޑެންޓުގައި ޒަހަމްވި މީހުންނަށް ފަރުވާ ދެމުން އަންނަނީ ގަމު ހޮސްޕިޓަލުގަ އެވެ.
މި މައްސަލަ ފިލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.