މުޙައްމަދު އަސްލަމް

1.3 ބިލިޔަންގެ މަސައްކަތް ބަޖެޓްގައި ހިމަނައި، 1.7 ބިލިޔަންގެ މަސައްކަތް ކުރިއަށްއެބަދޭ: އަސްލަމް

އިބްރާހިމް ޒަކީ

2

ރާއްޖޭގެ އިންފްރާންސްޓްރަކްޗަރ ޕްރޮޖެކްޓްގެ ދަށުން، 1.3 ބިލިޔަން ރުފިޔާގެ މަސައްކަތް މިއަހަރުގެ ބަޖެޓްގައި ހިމަނައިފައިވާ ކަމަށާއި، އެ ޕްރޮޖެކްޓްގެ ދަށުން، 1.7 ބިލިޔަން ރުފިޔާގެ މަޝްރޫއު މިހާރުވެސް ކުރިއަށް އެބަދާ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީގެ މަސއްްކަތްތަކާބެހޭގޮތުން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިޔަށްދާ ނޫސްވެރީންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވާ 1.3 ބިލިޔަން ރުފިޔާގެ މަޝްރޫއުތަކުގެ ތެރެއިން 36 މަޝްރޫއެއް މިހާރު އެވޯޑްކޮށްފައިވާކަމަށެވެ.

އޭގެ ތެރޭގައި، ފެނާބެހޭ ތިން މަޝްރޫއާއި، ނަރުދަމާގެ މަޝްރޫއަކާއި ފެނާއި ނަރުދަމާގެ 11 މަޝްރޫއާއި މަގުހެދުމުގެ 7 މަޝްރޫއެއް ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ، މިހާރު ކުރިއަށްދާ 1.7 ބިލިޔަން ރުފިޔާގެ މަޝްރޫއަކީ، ކުރީގެ ސަރުކާރުން ފަށާފައިވާ ބަނދަރު ހެދުމުގެ 14 މަޝްރޫއާއެކު ކުރިއަށްދާ މަޝްރޫއުތަކެއް ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟