ރައްޔިތުންގެ މަޖިލިސް

އަންނަ އަހަރަށް 29 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި

އަންނަ އަހަރަށް 29 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މައުލޫމާތު ލިބޭގޮތުގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ހުށަހަޅާފައިވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރުން ބޭނުންވާ ކަންކަން ހިމަނައިގެންނެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު، މަޖިލީހަށް 29 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާ އިރު، މިދިޔަ އަހަރު ހުށަހަޅާފައިވަނީ 27.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މަޖިލީހަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ހުށަހެޅި ނަމަވެސް، އެ ބަޖެޓުގައިވާ ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.