ޖަސްޓިން ބީބާ އާއި އޭނާގެ ބައިވެރިޔާ ހެއިލީ ބޯލްޑިން ކައިވެނި ކޮށްގެން އުޅޭކަމަށް ހެއިލީގެ ބޮޑުބޭބެ އަދި ހޮލީވުޑްގެ މަޝްހޫރު ބަތަލު އެލެކް ބޯލްޑްވިން ބުނެފިއެވެ.
ލޮސް އެންޖެލިސްގައި ކުރިއަށްދިޔަ އެމީ އެވޯރޑްސްއަށް ދިން އިންޓަވިއުއެއްގައި އެލެކް ބުނި ގޮތުގައި ހެއިލީ އާއި ބީބާ ވަކިން ގޮސް އިނދެފައިވާ ކަމަށާއި މީގެ އެއްވެސް މައުލޫމާތެއް އާއިލާއާ ހިއްސާ ނުކުރާ ކަމަށެވެ. އަދި އިތުރަށް ބުނި ގޮތުގައި ބީބާ އާއި ރެކްގެ އާއިލާ އިން އެއްފަހަރު ބައްދަލުވި ކަމަށާއި ހެއިލީއަށް ދޭތެރެ ދޭތެރެއިން މެސެޖް ކުރެވޭ ކަމަށެވެ.
ބީބާއަށް ދޭން އޮތީ ކޮން ނަސޭހަތެއްތޯ ބަލަން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ރެކް ބުނީ "މަސައްކަތް ކުރޭ. ދުވަހަކުވެސް މަސައްކަތް ކުރުން ހުއްޓާނުލާ"ށެވެ.
އެމެރިކާގެ މޮޑެލްއެއް ކަމަށްވާ 21 އަހަރުގެ ހެއިލީ އާއި ކެނެޑިއަން ލަވަކިޔުންތެރިޔާ 24 އަހަރުގެ ބީބާ ވަނީ މެރިޖް ބިއުރޯ ކުރިމަތިން މިދިޔަ ބުރާސްފަތި ދުވަހު ފެނިފައެވެ. ހެއިލީއަށް ބީބާ ޕްރޮޕޯސް ކުރީ މިދިޔަ ޖުލައި މަހުއެވެ. އެއީ ސެލޭނަ ގޮމޭޒްއާ ބީބާ ރުޅިވިތާ ހަތަރު މަސްފަހުންނެވެ.
ނަމަވެސް ހެއިލީ ވަނީ އެ ދެމީހުން ކައިވެނި ކޮށްގެން އުޅޭކަމަށް ދެކެވޭ ވާހަކަތައް ދޮގު ކޮށްފައެވެ.