ހައްޖު ދަތުރު

މައްކާގައި ދިވެހި ހައްޖު މިޝަން އޮފީހެއް ގާއިމްކޮށް ރަސްމީކޮށް މަސައްކަތް ފަށައިފި

މައްކާގައި ދިވެހި ހައްޖު މިޝަން އޮފީހެއް ގާއިމްކޮށް ރަސްމީކޮށް މަސައްކަތް ފަށައިފި އެވެ.

ދިވެހި ހައްޖު މިޝަން އޮފީހެއް މައްކާގައި ގާއިމްކޮށްފައިވަނީ ދިވެހި ހައްޖާޖީންގެ ކަންކަން ގާތުން ބެލުމުގެ މަގްސަދުގައެވެ. މީގެ އިތުރުން ދިވެހި ހައްޖު މިޝަން އޮފީހުގެ ފަރާތުން ދިވެހި ހައްޖާޖީންނަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން މޮނީޓަރ ކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖައްސައިފައެވެ.

ރާއްޖެއަށް މިފަހަރު ހައްޖަށް މީހުން ގެންދިއުމަށް 2000 ކޯޓާ ލިބިފައިވެއެވެ. މިއަހަރު ރާއްޖެއިން ހައްޖަށްދާ މީހުން ފުރުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން އަންނަ މަހު ފަހެއްގެ ނިޔަލަށެވެ.