ބޮލީވުޑް

ރަންވީރު އަދި ދީޕިކާގެ ކައިވެނި އިޓަލީގައި

ރަންވީރު އަދި ދީޕިކާގެ ކައިވެނި ނޮވެމްބަރު 14 އަދި 15 ގައި ބާއްވަން ނިންމާފައިވާއިރު ކައިވެނި ބާއްވަނީ ކޮންތާކުކަން މުޅީން ޔަގީން ނުވި ނަމަވެސް ކައިވެނީގެ ހަފުލާ ބާއްވަނީ އިޓަލީގައި ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އިޓަލީގައި ކައިވެނި ބާއްވާކަން އެއީ ތެދެއް ކަމުގައި ވާނަމަ، އެކައިވެނީގެ ވެނިއުއަކަށް ވާނީ އިޓަލީގެ ވިލާ ޑެލް ބެލްބިއަނެލޯ އެވެ. 18 ގަރުނު ވެފައިވާ މި ވިލާ އަކީ ލޭކް ކޮމޯ ކައިރީގައި އޮންނަ ވިލާއެކެވެ.

މި ވިލާ އަކީ ގިނަ ހޮލީވުޑް ތަރިންވެސް ކައިވެނި ހަފްލާ ބާއްވާފައިވާ ތަނެކެވެ. މީގެ އިތުރުން "ސްޓާ ވޯސް އެޕިސޯޑް 2 އެޓޭކް އޮފް ދަ ކްލައުންސް" އަދި "ކެސިނޯ ރޯޔަލް" ވެސް ވަނީ މިތާނގައި ޝޫޓް ކޮށްފައެވެ.

ކައިވެނި ހަފްލާއަށް ފޯނު ނުވެއްދޭއިރު، ދީޕިކާ އާއި ރަންވީރު ވަނީ އެ ހަފްލާގެ ކެއުމުގެ މެނޫ އިތުރު އެހެން އެއްވެސް ހަފްލާއެއްގައި ބޭނުން ނުކުރެވޭ ގޮތަށް ޗެފުންނާއި އެކީ ބޮންޑެއްގައި ސޮއި ކޮށްފައެވެެ.

މީގެ އިތުރުން އެކައިވެނި ހަފްލާގައި އާއިލާ މީހުންގެ އިތުރުން ވެއިޓަރުންނަށް ވެސް ވަނީ ވަކި ކުލައެއްގެ ހެދުމެއް ލުމަށް އަންގާފައެވެ.

ދެ ތަރިންގެ ކައިވެނީގެ ސެލެބްރޭޝަންތައް ނޮވެމްބަރު 10 ގައި ފެށޭއިރު ޑިސެމްބަރު ދެވަނަ ދުވަހު ބޮލީވުޑްގެ ތަރިންނާއި އެ އިންޑަސްޓްރީގެ މީހުންނަށް ހާއްސަކޮށްގެން ވަކިން ހަފްލާއެއް ބާއްވާ ގޮތަށް ވަނީ ހަމައްސައިފަ އެވެ. މީގެ އިތުރުން ބެންގަލޫރު ގައި ދީޕިކާގެ ގާތް ރަހްމަތްތެރިންނާއި ގާތްތިމާގެ މީހުނަށް ވެސް ވަކިން ހަފްލާއެއް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.