ޑިޒްނީ އަށް އިންޑިއާގެ ފަރާތުން މިއޮތީ ދެރަ ހަބަރެކެވެ. ލަޔަން ކިންގް ފިލްމު އޮންލައިންކޮށް ލީކް ކޮށްލައިފިއެވެ.
ސިނަމާތަކުގައި މި ފިލްމް އެޅުވީ އިއްޔެއެވެ. ފިލްމު ބެލުމަށް ގިނަ ބަޔަކު ޓިކެޓް ނަގާފައިވާއިރު ޕައިރަސީ ސައިޓްތަކުގައި މުޅި ފިލްމު އެކީ އިނގިރޭސި އަދި ހިންދީ ބަހުން ބެލެން މިހާރު އެބަހުއްޓެވެ.
އެކަން ކޮށްފައިވަނީ ފަހަކަށް އައިސް ފިލްމުތައް ލީކުކުރުމަށް މަޝްހޫރު "ޓެމިލްރޮކާސް" އިންނެވެ. ފިލްމު ލީކް ކޮށްލާފައި މިވަނީ އެޅުވިތާ ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.
ލަޔަން ކިންގް އިންޑިއާގައި ރިލީސްކޮށްފައިވަނީ ހަތަރު ބަހަކުންނެވެ. އެއީ އިނގިރޭސި، ހިންދީ، ޓެމިލް އަދި ޓެލިނގޫ ބަހުންނެވެ.
ލަަޔަން ކިންގްގެ ހިންދީ ވާޝަންއަށް ޝާހުރުކް ޚާން އާއި އޭނާގެ ދަރިފުޅު އަރްޔަން ޚާންވެސް ވަނީ އަޑު ޑަބްކޮށްފައެވެ.