ވަގަށް ނަގާފައިވާ ވަޑާމުގެ މަސައްކަތް ކުރުމަށް ބޭނުންކުރާ ސާމާނުތަކަކާއެކު މަގުމަތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މިއަދު މާލެ ތެރެ ޕެޓްރޯލްކުރަން ފުލުހުން ނުކުމެ އުޅެނިކޮށް، މީހެއްގެ އަމަލުތައް ހުރި ގޮތުން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު ވަގަށް ނަގާފައިވާކަމަށް ބެލެވޭ ވަޑާންކުރަން ގެންގުޅޭ ސާމާނުތަކެއް އޭނާގެ އަތުން ފެނިފައިވާ ކަމަށެވެ.
އެމައްސަލައިގައި 36 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.