ޕީޕީއެމްގެ ރެޖިސްޓްރާގެ މަގާމަށް މުހައްމަދު ލަމްއާން ހަމަޖައްސައިފިއެވެ.
ޕީޕީއެމުން ބުނީ، އެ މަގާމަށް ލަމްއާން ހަމަޖައްސަވާފައި ވަނީ ޕީޕީއެމްގެ ކައުންސިލް މެންބަރުންގެ އިއްތިފާގުންނެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި ލަމްއާން އެ މަގާމަށް ހަމަޖެއްސެވުމުން އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ މާގަމަށް ހަމަޖެއްސެވީތީ ޝުކުރު ދަންނަވާ ކަމަށާއި، އޭނާގެ ހުރި ހުނަރެއް ބޭނުންކޮށްގެން އެ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރާނެ ކަމަށެވެ.