ބޮލީވުޑް

އަރްޖުން ރާމްޕަލްއަށް ފިރިހެން ކުއްޖަކު ލިބިއްޖެ

އަރްޖުން ރާމްޕާލް އަދި ބައިވެރިޔާ ގެބްރިއެއްލާ ޑެމެޓްރިއޭޑްސް އަށް ފިރިހެން ކުއްޖަކު ލިބިއްޖެއެވެ.

އަރްޖުން އަށް ދަރިޔަކު ލިބުނުކަން އިއުލާން ކުރީ ޖޭޕީ ދައްތާގެ ދަރި ނިދީ ދައްތާ އޭނާގެ ޓުވިޓަރުގައެވެ.

އަރްޖުން އަދި ބައިވެރިޔާ ވަނީ ވަރަށް ފަހުން ރާއްޖެވެސް އައިސްފައެވެ.

މިއީ ގެބްރިއެއްލާގެ ފުރަތަމަ ދަރިފުޅު ނަމަވެސް އަރްޖުންގެ ތިން ވަނަ ދަރިފުޅެވެ. މީގެ ކުރިން އަރްޖުން އަށް ވަނީ އަންހެން ދެކުދިން ލިބިފައެވެ.