ޕޮލިސް

ރަންތަކެއް ވަގަށް ނަގައިގެން ހައްޔަރުކުރި މީހެއްގެ ބަންދަށް ދިހަ ދުވަސް ޖަހައިފި

ހުޅުމީދޫ ގެއަކުން ރަންތަކެއް ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރި މީހެއްގެ ބަންދަށް ދިހަ ދުވަސް ޖަހައިފިއެވެ.

ފުލުހުން މިއަދު ބުނީ، އައްޑޫ ސިޓީ ހުޅުމީދޫ ގެޔަކުން ވައްކަންކުރި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން މިމަހުގެ 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި 31 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ.

އަދި އޭނާގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ހުޅުމީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ދިހަ ދުވަސް ޖަހާފައިވާކަމަށް ފުލުހުން ބުންޏެވެ.

އޭނާ ވަގަށް ނަގާފައިވާ ތަކެތި ހޯދުމަށް ފުލުހުން ކުރި މަސައްކަތުން އެތަކެތި ފެނިފައިވާކަމަށް ވެސް ބުންޏެވެ. ވަގަށްނެގި ތަކެތީގެ ތެރޭގައި ރަންފަށަކާއި ފައިގައި އަޅާ ރަން ދެ ކެވެލި ކޮޅާއި އަތުގައި އަޅާ ރަން ކެވެލި ކޮޅަކާއި ރަން އެއް ފަށު ފުލާއި ރަން އަނގޮޅިއެއް ހިމެނެއެވެ.