މަސައްކަތުން ބްރޭކެއް ނެގުމަށްފަހު ޝާހު ގެންދަނީ އާއިލާއާއެކު ވަގުތު ހޭދަކުރަމުންނެވެ. އެގޮތުން މިއަދު ހެދުނު ޝާހު ވަނީ ރާއްޖެ އައިސްފައެވެ. ޝާހު މާލޭ އެއާޕޯޓުގައި ނަގާފައިވާ ފޮޓޯތައް އަންނަނީ މީސް މީޑިއާގައި ވައިރަލް ވަމުންނެވެ.
އެ ފޮޓޯތަކުން ޝާހުގެ އަންހެނުން ގޯރީ، ދަރީން ކަމުގައިވާ ސުހާނާ، އާރްޔަން އަދި އަބްރަމް ވެސް ޝާހުއާއެކު ރާއްޖެ އައިސްފައިވާކަން ހާމަވެއެވެ.
ޝާހުގެ އަންހެން ދަރިފުޅު ސުހާނާ ވަނީ ޖޫން 30 ވަނަ ދުވަހު ލަންޑަނުން ގްރެޖުއޭޓް ވެފައެވެ. އޭނާ ކިޔެވީ ޑްރާމާ އެންޑް އާރޓް އެވެ. ސުހާނާ އަށް ވަނީ ރަސަލް ކަޕްގެ އެކްސެޕްޝަނަލް ކޮންޓްރިބިއުޝަން ޓުދަ ޑްރާމާ އެވޯޑުވެސް ލިބިފައެވެ.
މީގެ ކުރިން ޝާހު ވަނީ ސުހާނާ ފިލްމީ ދާއިރާއަށް ވަންނަން ބޭނުންވާ ކަން ހާމަކޮށްފައެވެ. ނަމަވެސް އޭނާ އެކްޓް ކުރަން ދަސްކުރަން ބޭނުން ވަނީ ޝާހު ކައިރިން ނޫން ކަމަށް ޝާހު ވަނީ ބުނެފައެވެ.
ޝާހުގެ ދޮށީދަރިފުޅު އާރްޔަން ވަނީ ދަ ލަޔަން ކިންގް ފިލްމުގެ ސިމްބާ ކެރެކްޓަރަށް އަޑު އަޅާފައެވެ. އެ ފިލްމުގެ މުފާސާއަށް އަޑުއެޅީ ޝާހުއެވެ. އާރްޔަން އަދި އެއްވެސް ކެރިއާއެއް ޗޫސް ނުކުރާކަމަށް ވެއެވެ.
ޝާހު އެންމެ ފަހުން ކުޅުނީ އަނުޝްކާ ޝަރްމާ އަދި ކެޓްރީނާ ކައިފް އާއެކު ފިލްމު ޒީރޯއެވެ. އޭގެ ނާކާމިޔާބީއަށްފަހު އިތުރު ފިލްމެއް ކުޅުމަށް އަދި އެއްބަސްވެފައެއް ނުވެއެވެ. ޝާހުމެން ޗުއްޓީ ހޭދަކުރަނީ ގެންދަނީ ޖުމެއިރާގައެވެ.