ބޮލީވުޑް

ދަޅަކްގެ ތަރިން ކަމުގައިވާ ޖާންވީ އަދި އިޝާން، ކަރަންގެ އާ ފިލްމުން

ފިލްމު ދަޅަކް އިން ވިދާލި ތަރިން ކަމުގައިވާ ޖާންވީ ކަޕޫރާއި އިޝާން ކައްޓަރު ކަރަން ޖޯހަރުގެ އާފިލްމަށް ހޮވައިފިއެވެ.

އިޝާން އަދި ޖާންވީ ދަޅަކްގައި ދެއްކި ހުނަރަށް ތައުރީފު ލިބިގެންގޮސްފައިވާއިރު، އެ ދެތަރިންގެ ކެމިސްޓްރީއަކީވެސް ފޭނުންގެ ތެރޭގައި މަގުބޫލު ކަމެކެވެ. އެހެންކަމުން އަލުން މިދެތަރިން އެކީގައި ފެންނާނެ ވަގުތެއްގެ އިންތިޒާރުގައި ތިއްބާ މިހާރު މިވަނީ އެއުފާވެރި ހަބަރުވެސް ލިބިފައެވެ.

ކަރަން ނެރެން އުޅެނީ ރޮމޭންޓިކް ތްރިއްލާއެކެވެ. ފިލްމުގެ ނަމެއް އަދި ހާމައެއް ނުކުރެއެވެ. ފިލްމު ރިލީސްކުރަނީ އަންނަ އަަހަރު އެވެ.

ޖާންވީ މިވަގުތު ދަނީ ތިން ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ "ތަޚްތު"، "ރޫހީ އަފްޒާ" އަދި "ދަ ގުންޖަން" އެވެ.