ސައިންޓިފިކް ފިލްމް 2.0 އަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާއިރު ފިލްމްގެ ލީޑް އެކްޓަރު ބޮލީވުޑްގެ "ގޯލްޑް" ސްޓާރ މިވަނީ އެ ފިލްމްގެ ޕޯސްޓަރެއް ފޭނުންނަށް ހިއްސާކޮށްފައެވެ. ޕޯސްޓަރު ހިއްސާކުރަމުން އަކްޝޭ ވަނީ ފިލްމްގެ ޓްރެއިލަރު ނޮވެމްބަރު 3 ގައި ރިލީސްކުރާނެ ކަމަށްވެސް ޕޯސްޓްކޮށްފައެވެ.
ފިލްމްގައި އަކްޝޭ ކުޅެނީ އެކްޓަޖޮނިސްޓް އެއްގެ ރޯލެވެ. ފިލްމްގެ ޓީޒާ ވަނީ ސެޕްޓެމްބަރު ކުރީކޮޅު ރިލީސްކޮށްފައެވެ. ޝަންކަރު ޑައިރެކްޓްކުރާ މި ފިލްމްގައި ބަތަލުގެ ބައިން އެމީ ޖެކްސަން ޑްރޮއިޑްގެ ރޯލުން ފެނިގެންދާނެއެވެ. އަދި މަގްބޫލު އެކްޓަރު ރަޖްނީކާންތު ވެސް ލީޑުން ފެނިގެންދާނެއެވެ. މި ފިލްމަކީ ސައިންޓިސްޓެއްގެ އެކްސްޕެރިމެންޓެއް ގޯސްކޮށްގޮސްގެން ދިމާވާ ހާދިސާ ތަކެއްގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ.
ފިލްމް ރިލީސް ކުރާނީ ނޮވެމްބަރު 29 ގައެވެ.