އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލޭގެ ގެއަކުން ދެ މީހުންނާއި ކުޑަކުއްޖަކަު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ޑްރަގް އިންފޯސްމެންޓް ޑިޕާޓްމަންޓުން ރޭ ހިންގި އޮޕަރޭޝަނެއްގައި ހެންވޭރު ގެ އެއް ބަލައި ފާސްކޮށް، މަސްތުވާތަކެއްޗާއެކު ދެ މީހުންނާއި 18 އަހަރުން ދަށުގެ ކުއްޖަކު ހައްޔަރުކޮށްފައިވާކަމަށެވެ.
އެމައްސަލައިގައި ކުޑަކުއްޖާގެ އިތުރުން ހައްޔަރުކޮށްފައިވަނީ 42 އަހަރުގެ ދިވެހި ފިރިހެނަކާއި 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އެގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ 1 ކިލޯ 146 ގްރާމް ހޯދާފައިވާކަމަށާއި އެމައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.