ޕޮލިސް

ސޭފްޓީއަށް ބެހެއްޓި ދަގަނޑުން ޖެހި ނުގަވައިދުން ދިޔަ މީހެއްގެ ބޯ ފެޅިއްޖެ

ޝަހީދާ އަބްދުﷲ ސައީދު

މާލޭގައި އިމާރާތްކުރަމުންދިޔަ ސައިޓެއްގައި ޖަހާފައި ހުރި ސޭފްޓީ ދަގަނޑެއް ވަޔާ ގޮސް، އެމަގުން ނުގަވައިދުން ދުއްވާފައި ދިޔަ މީހެއްގެ ބޮލުގައި ޖެހި ބޯ ފަޅައިގެން ގޮސްފިއެވެ.

ފުލުހުން ބުނީ ރޭ 12:10 ހާއިރު، ހެންވޭރުގައި މަގު ބަންދުކޮށްގެން އިމާރާތްކުރަމުންދިޔަ ސައިޓެއްގައި ޖަހާފައި ހުރި ސޭފްޓީ ދަގަނޑެއް ވަޔާ ވެއްޓި، އެވަގުތު އެމަގުން ނުބައި ލޭނަކުން ދަތުރުކުރި ސައިކަލެއްގެ ފަހަތުގައި އިން މީހެއްގެ ބޮލުގައި ޖެހި ބޯ ފަޅައިގެން ގޮސްފައިވާކަމަށެވެ.

އަދި އަނިޔާ ލިބުނު މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދީފައިވާކަމަށާއި އެހާދިސާއާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.