މޮޑެލް އަދި އެކްޓްރެސް، ސަނީ ލިއޯން އަންނަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެއީ ހަަމަ އެކަނި އޮން ސްކްރީނުގެ މަސައްކަތެއް ނޫނެވެ. ނަމަވެސް ވިޔަފާރިވެސް ކުރާ ސަނީ މިވަނީ އާންމުކޮށް މީހުން ނުވިއްކާ ކަހަލަ ބާވަތެއްގެ ވިޔަފާރިއަކަށް ވަދެފައެވެ.
އެންމެ ފަހުގެ ޕްރޮޖެކްޓްގެ ވާހަކަ ދައްކަމުން ސަނީ ބުނި ގޮތުގައި މިހާރު ދުނިޔެއާމެދު ވިސްނުން މާ ބޮޑަށްވެސް ލަސްވެއްޖެ ކަމަށެވެ. ދުނިޔެއަށް ކުރަން ޖެހުނު ކޮންމެ ކޮންޓްރިބިއުޝަނެއް އޭނާ ކުރާނެ ކަމަށްވެސް ބުންޏެވެ.
ޒެންޓްރިކް އަކީ އޭނާގެ އާ ބްރޭންޑްގެ އިތުރުން އެ ބްރޭންޑަކީ ތިމާވެށްޓާ ރައްޓެހި ބުރޭންޑެއް ކަމަށް ސަނީ ބުންޏެވެ. ސަނީ އިތުރަށް ފާހަގަ ކުރި ގޮތުގައި އޭނާގެ ބްރޭންޑް ހޯދަން ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނާނެއެވެ.
ސަނީގެ ކޮސްމެޓިކްސް އަދި ސެންޓް ފިހާރައެއް މީގެ ކުރިން ވަނީ ހުޅުވާފައެވެ. މި ޕްރޮޑަކްޓްސްތައް ހެދުމަށް އެއްވެސް ޖަނަވާރަކަށް ގެއްލުމެއްނުދެއެވެ. ސަނީގެ ކޮސްމެޓިކްސް ރޭންޖް ވަނީ މިހާރުވެސް ގްލޯބަލީ ބޭނުން ކުރަން ފަށާފައެވެ.
ސަނީ ވަނީ ވަރަށް ފަހުން "ލިންޖަރީ" ބްރޭންޑެއްވެސް ތައާރަފު ކޮށްފައެވެ. މީގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ޕްރީ ސްކޫލެއްވެސް ވަނީ ހުޅުވާފައެވެ. މި ޕްރީ ސްކޫލު ހުޅުވީ ސަނީ އަދި އޭނާގެ ފިރިމީހާ ގުޅިގެންނެވެ.