ބޮލީވުޑް

ސާހޯ ރިލީސްކުރާ ތާރީހު ފަސްކޮށްފި

ޕްރަބާސް އަދި ޝްރައްދާ ކަޕޫރު ލީޑް ރޯލުން ފެނިގެންދާ ފިލްމު ސާހޯގެ ލަވައާއި ޓްރެއިލާ އަށް ވަނީ ބޮޑު މަގުބޫލު ކަމެއް ލިބިފައެވެ.

ފަހުގެ ހަބަރުތައް ބުނާ ގޮތުގައި ފިލްމު ރިލީސްކުރާ ތާރީހު ވަނީ ފަސްކޮށްފަ އެވެ. ކުރިން އޯގަސްޓް 15 ގައި ރިލީސްކުރަން އޮތް ފިލްމު މިހާރު ރިލީސް ކުރަނީ 30 އޯގަސްޓް ގައެވެ.

ސާހޯ ރިލީސް ކުރުން ފަސްކޮށްފައިވަނީ "ރަނަރަންގަމް" އަދި "އިވަރު" ކިޔާ ދެ ފިލްމެއް އޯގަސްޓް 15ގައި ރިލީސްކުރާތީއެވެ.

މީގެ އިތުރުން އަކްޝޭ ކުމާރުގެ "މިޝަން މަންގަލް" އާއި ޖޯން އަބްރަހަމްގެ "ބަތްލާ ހައުސް" ވެސް ރިލީސް ކުރަނީ ހަމަ އެތާރީހުގައެވެ.

ސާހޯ އަކީ އެކްޝަން ތްރިލާއެކެވެ. ފިލްމުގައި ނީލް ނިތިން މުކޭޝް، ޖެކީ ޝްރޮފް، ޗަންކީ ޕާންޑޭ، އީވްލިން ޝަރްމާ، މަންދިރާ ބޭދީ އަދި އަރުން ވިޖޭ މުހިންމު ރޯލުތަކުން ފެނިގެން ދާނެއެވެ.