ބޮލީވުޑް

ގިނަ ދުވަސްތަކަކަށްފަހު އާމިރު އަދި ކަރީނާ އެކީގައި

2018 ގައި ތަގްސް އޮފް ހިންދުސްތާން އިން ލިބުނު ނާކާމިޔާބީއަށް ފަހު އާމިރު ޚާންގެ އަޑު ވަނީ މަޑުވެފައެވެ.

ނަމަވެސް މިހާރު އާމިރު މިވަނީ ޓޮމް ހަންކްސްގެ "ފޮރެސްޓް ގަންމް" ގެ ހިންދީ ފިލްމު ހަދާ ވާހަކަ އިއުލާންކޮށްފައެވެ. އެ ފިލްމަށް ކިޔަނީ "ލާލް ސިންގް ޗައްދާ" އެވެ.

ގިނަ ދުވަސް ތަކަކަށްފަހު މި ފިލްމުން އާމިރު އަދި ކަރީނާ އެކީގައި އޮން ސްކްރީނުން ފެނިގެން ދާނެއެވެ. ފިލްމުގެ ޝޫޓިން އަންނަ އޮކްޓޯބަރުގައި ފަށާނެ ކަމަށް ވެއެވެ. ފިލްމުގައި އާމިރު 70ގެ ލުކް އިން ފެށިގެން މިހާރުގެ ލުކް އިން ފެނިގެން ދާނެއެވެ. ފިލްމުގައި އިންޑިއާއަށް ފާއިތުވި ފަސް ގަރުނުގައި ދިމާވެފައިވާ ސޯޝިއޯ ޕޮލިޓިކަލް ކަންކަން ފެނިގެންދާނެ ކަމަށް ވެއެވެ.

ފިލްމުގައި އާމިރު އަދި ކަރީނާގެ ފަސް ލުކެއް ފެނިގެންދާނެ ކަމަށްވެސް ވެއެވެ.