ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކުގެ އިތުބާރު ނެތް ކަމަށް ޕީޕީއެމްގެ ފަރާތުން މަޖިލީހަށް ވައްދާނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.
މިހާރު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ފަލާހު ވިދާޅުވީ މޫސަގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިޔަށް އޮތް ތިން ދުވަސް ތެރޭ މަޖިލީހަށް ވައްދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މޫސަ މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދަނީ ވަރަށް ޚުދުމުޚުތާރުކޮށް ކަމަށެވެ. މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ކުރީން ރެޔާއި ދުވާލު ޖަލްސާތައް ބާއްވަވާތީ އިދިކޮޅު ފަރާތްތަކުން އެކަން ބޮޑުވެގެން މައްސަލަ ޖެއްސި ކަމަށާއި އެހެން ނަމަވެސް މޫސަ މިހާރު ރެޔާއި ދުވާލު ހުއްޓައިލުމެއް ނެތި ޖަލްސާތައް ބާއްވަވާ އިރު މައްސަލަ އަކަށް ނުވާ ކަމަށް ފަލާހު ވިދާޅުވި އެވެ.
މަޖިލީހުގެ ރިޔާސަތާ މުޚާތަބުކުރައްވައި މިމޭރުމުން ފަލާހު ވާހަކަފުޅުދެއްކެވުމުން ރިޔާސަތުން ވަނީ އޭނާއަށް އެރުވި ވާހަކަދެއްކެވުމުގެ ފުރުސަތުވެސް ބަންދުކުރައްވައިފަ އެވެ.