ޝަހީދާ އަބްދުﷲ ސައީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މަގާމުން އިއްޔެ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެ އިތުރުފުޅު ހެއްދެވި ކަމަށް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވީ އިއްޔެ ހަވީރު 6:00 ގައި މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް މަސީހު ވިދާޅުވި ކަމަށެވެ. ނަމަވެސް އިތުރުފުޅު ހެއްދެވުމަށްފަހު، އިސްތިއުފާ ނުދެއްވާ ކަމަށް މޫސާ ވިދާޅުވިއެވެ.
މޫސާ ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް އެޖެންޑާކުރަނީ މަސީހު ވިދާޅުވެގެން ކަމަށާއި، ނަމަވެސް މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދަން އުނދަގޫ ކުރައްވަނީ މަސީހުގެ ރޭއްވެވުމުގެ ދަށުން ކަމަށެވެ.