އިންޑިއާއިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ ދިވެހިން ހައްޔަރު ކޮށްފިއެވެ.
ޓައިމްސް އޮން އިންޑިއާ ނޫހުން ބުނެފައިވަނީ، މި ދެމީހުން ހައްޔަރުކޮށްފައިވަނީ، ޗެންނާއީ އެއާޕޯޓުން ކަމަށެވެ.
އެ ނޫހުން ބުނެފައިވަނީ އެމީހުން އެތެރެކުރަން އުޅުނީ، ހަޝިޝް އޮއިލް ކަމަށާއި މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނަކާއި، 24 އަހަރުގެ ދިވެހި އަންހެނެއް ކަމެވެ.
އެމީހުން އެތަކެތި ރާއްޖެ އެތެރެކުރަން އުޅުނީ، ޝޭމްޕޫ ފުޅިތަކެއްގައި ރައްކާ ކޮށްގެން ކަމަށާއި އަތުލައިގަތް އެއްޗެހި އެއްކިލޯއަށް ވުރެ ބަރުކަމަށް ވެސް ބުނެފައިވެއެވެ.
މިދިޔަ އާދިއްތަ ދުވަުގެރޭ، ޗެންނާއި އެއާޕޯޓުގައި ތިއްބައި އަތުލައިގަތް މި ދެމީހުން އިންޑިއާއަށް ދިޔައީ މީގެ 20 ދުވަސް ކުރިން ކަމަށާއި ޓްރިވެންޑްރަމުން އެމީޙުން ޗެންނާއީއަށް ގޮސްފައިވަނީ ހުސްވި ހަފުތާގައި ކަމަށްވެސް ނޫހުން ބުނެފައިވެއެވެ.