އިލެކްޝަންސް ކޮމިޝަން

"ސަން ރައިޒް"ގެ ނަމުގައި ޕާޓީއެއް އުފައްދަން ހުއްދަ ދީފި

''ސަން ރައިޒް'' ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުއްދަ ދީފިއެވެ.

އީސީން މިރޭ ބުނީ ސަން ރައިޒްގެ ނަމުގައި ޕާޓީ އުފެއްދުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވާ ކަމަށެވެ.

އެ ނަމުގައި އުފައްދަން ހުއްދަ ދިނީ މ. މަލިކުވިޔު، ސައީދާ ރަޝާދަށް ކަމަށެވެ. މިއީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އަންހެނަކަށް ހުއްދަ ދިން ދެވަނަ ފަހަރެވެ.

މީގެކުރިން އީސީން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަން މަސައްކަތް ކުރާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ނަމުގައި އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ ހުއްދަ ދީފައެވެ. ނަމަވެސް އެހުއްދަ އާކޮށް، މިނިސްޓަރު ޔުމްނާ މައުމޫންގެ ނަމުގައި މިހާރު ވަނީ އަލުން ހުއްދަ ނަގާފައެވެ.