މިމަހު 16 އިން 27 އަށް މޮރިޝަސްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ދިއުމަށް ހަމަޖެހިފައިވާ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑް އިއުލާނުކޮށްފިއެވެ.
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، (އެފްއޭއެމް) އިން މި ލިސްޓު އާންމުކޮށްފައިވަނީ މިއަދު އެވެ. އެފްއޭއެމުން ބުނި ގޮތުގައި ސްކޮޑަށް ހޮވުނު 20 ކުޅުންތެރިންނާއެކު މާދަމާ މޮރިޝަސްއަށް ދިއުމަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ދާ ގައުމީ ސްކޮޑުގައި ހިމެނެނީ;
- ކްލަބް ގްރީން ސްޓްރީޓްގެ އިބްރާހީމް ލަބާން ޝަރީފް، މުހައްމަދު ސަމްދޫހް، އަބްދުﷲ ޔާމީން އަދި މުހައްމަދު ސާއިފް
- ކްލަބް އީގަލްސް ގެ ހުސައިން ޝިފާއު ޔޫސުފް، އަހުމަދު ނުއުމާން، އަލީ ފާސިރް، އަހުމަދު ރިޒުވާން، މުހައްމަދު ނާއިމް އަދި ހައިޝަމް ހަސަން
- މާޒިޔާ ސްޕޯޓްސްގެ ހުސައިން ނިހާން، އިބްރާހީމް މަހުދީ ހުސައިން، ހަމްޒާ މުހައްމަދު، ހަސަން ނާއިޒް، އިބްރާހީމް ވަހީދު ހަސަން، ހުސައިން ޝަރީފް އަދި މުޖުތާޒް މުހައްމަދު
- ފޯކައިދޫ ފުޓްބޯޅަ ކްލަބް އިން މުހައްމަދު ޖައިލަމް
- ޓީސީ ސްޕޯޓްސް ކްލަބް އިން އިބްރާހީމް އައިސަމް އަދި
- ޑީއޭ ގްރޭންޑް ސްޕޯޓްސް ކްލަބް އިން މުހައްމަދު ފައިސަލް އެވެ.
މިޓީމް މާދަމާ މޮރިޝަންއަށް ފުރުމަށް ހަމަޖެހިފައިވާ އިރު، މުބާރާތް ނިންމައި އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހު 28 ގައެވެ. މި މުބާރާތުގައި ރާއްޖެ ހިމެނިފައިވަނީ ގްރޫޕް ބީ ގައި ރެއިޔޫނިއަން އައިލެންޑްސް، މަޔޮޓް އަދި ކޮމޮރޮސް އާއެކު އެވެ. ގްރޫޕް އޭގައި ހިމެނެނީ މޮރިޝަސް، ސީޝެލްސް އަދި މަޑަގަސްކާ އެވެ.