ސައިފް އަލީ ޚާން މިވަގުތު ލަންޑަނުގައި ޝޫޓް ކުރަމުން އަންނަ ފިލްމު ޖަވާނީ ޖާނޭމަން ގައި އޭނާގެ ލޯބިވެރިޔާގެ ރޯލު ކުޅުމަށް ކުބްރާ ސައިތު ހަމަޖައްސައިފިއެވެ.
މީގެ ކުރިން އަޑުއަރާފައި އޮތީ މި ރޯލުން ފެނިގެންދާނީ ކަރީނާ ކަޕޫރު ކަމަށެވެ. ނަމަވެސް ފިލްމު އުފައްދާ ފަރާތްތަކުން ފިލްމުގައި ކުޅެން ޖެހޭ އެ ރޯލަކީ ކުޑަ ރޯލެއް ކަމަށް ބުނެ "އޭ ލިސްޓް" ތަރިއެއް ބޭނުން ނޫން ކަމަށް ވަނީ ބުނެފައެވެ. ކުބްރާ ފެނިގެންދާނީ ކުޑަ ރޯލަކުން ނަމަވެސް ފިލްމުގައި އެއީ ވަރަށް މުހިންމު ރޯލެއް ކަމަށް ވެއެވެ.
ކުބްރާ ވަނީ މީގެ ކުރިންވެސް ސައިފްއާއެކު ފިލްމެއްގައި މަސައްކަތް ކޮށްފައެވެ. ފިލްމުގެ ލީޑް ބަތަލާއަކީ ބަތަލާ ޕޫޖާ ބޭދީގެ ދަރިފުޅު އަލައިޔާ އެވެ. އަލައިޔާ ކުޅެނީ ފިލްމުގައި ސައިފްގެ ދަރިފުޅުގެ ރޯލެވެ.
ފިލްމުގައި ފެނިގެން ދާނީ ސައިފް އަދި ކުބްރާގެ ގުޅުމުން އަލައިޔާ އާއި ސައިފްގެ ގުޅުމަށް ބުރޫ އަރާ ގޮތެވެ.
ފިލްމު ނެރެން ހަމަޖެހިފައިވަނީ މިއަހަރު ނޮވެމްބަރުގައެވެ.