މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ނައިބުގެ މަގާމަށް ގއ. ދާންދޫ، ކާމިނީގެ، އަހުމަދު މުޖާހިދު އައްޔަންކޮށްފިއެވެ.
މީގެ ކުރީން މުޖާހިދު ވަނީ ސްކޫލްތަކުގެ އިސް މަގާމުތައް އަދާކޮށްފައެވެ.
އެގޮތުން އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލްގެ މަގާމު، އިސްކަންދަރު ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމު އަދި އިސްކަންދަރު ސްކޫލްގެ ލީޑިން ޓީޗަރަކަށް މުޖާހިދު މަސައްކަތް ކުރެއްވިއެވެ. މީގެ އިތުރުން ގައުމީ ޔުނިވަރސިޓީ ގެ ޕާޓް ޓައިމް ލެކްޗަރާއެއްގެ ގޮތުގައި މުޖާހިދު މަސައްކަތް ކުރައްވާފައިވެއެވެ. އަދި ޓީވީއެމްގެ ޕްރެޒެންޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވިއެވެ.
މުޖާހިދަކީ މެލޭޝިއާގެ އޯޕަން ޔުނިވަސިޓީން މާސްޓަރ އޮފް އެޑިއުކޭޝަން ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ.