ބޮލީވުޑް

އަމްރިތާ ރާއޯގެ ޓުވިޓާ ހެކް ކޮށްފި

ބަތަލާ އަމްރިތާ ރާއޯގެ ޓުވިޓާ ހެކް ކޮށްފިއެވެ.

މީޑިއާއަށް ދިން އިންޓަވިއުގައި އަމްރިތާ ބުނީ އެކަމެއް ހިނގީ މިދިޔަ ހަފުތާގައި ކަމަށެވެ. އޭނާ އަށް އައީ ޑައިރެކްޓް މެސެޖެއް ކަމަށާއި، އެ މެސެޖު އައީ އިންޑިއާގެ ބޮޑު ޓީވީ ޗެނަލެއްގެ އެކައުންޓުން ކަމަށާއި އޭނާ އާއި ބެހޭ އާޓިކަލެއް ޕަބްލިޝް ކުރުމަށް ބޭނުންވާ ކަމަށް މެސެޖުގައި ބުނެފައިވާ ކަމަށް އަމްރިތާ ބުންޏެވެ.

މެސެޖުގައިވާ ލިންކަށް އަމްރިތާގެ މީސް މީޑިއާ ޓީމުން ފިތާލީމަ އެއަށް އައީ އޭނާގެ ޓުވިޓާ އެކައުންޓެގެ ޕާސްވޯޑު ޖެހުމަށް ކަމަށާއި އޭގެ ފަހުން އެ ލިންކް މަސައްކަތް ނުކުރާކަމަށް ވެސް އަމްރީތާ ބުންޏެވެ. އެންމެ ފަހުން އޭނާގެ އަމިއްލަ އެކައުންޓުން އޭނާ ލޮކްވީ ކަމަށާއި، އެކައުންޓް ހޯދުމަށް ވަރަށް މަސައްކަތް ކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ޓުވިޓާ ވެބްސައިޓްގައި ހުރި ހުރިހާ ކަމެއް އެކައުންޓް ހޯދުމަށް ކޮށްފައިވާކަމަށް އަމްރިތާ ބުންޏެވެ. މިހާރު އޭނާގެ ޓީމުން ޓުވިޓަރުގެ އޮފިޝަލުންނަށް މައްސަލަ ހުށަހެޅުމަށް ތައްޔާރު ވަމުން އަންނަ ކަމަށް އަމްރީތާ ބުންޏެވެ.

އަމްރިތާ އިތުރަށް ބުނީ ކޮންމެ ދުވަހަކުވެސް ޝައްކު އުފެދޭ ޒާތުގެ އެތައް މެސެޖެއް އޭނާއަށް ލިބޭ ކަމަށެވެ. ނަމަވެސް މިފަހަރު ޓުވިޓާއިންވެސް މިވަނީ ލޮކް ވެފައި ކަމަށް އޭނާ ބުނިއެވެ.