ބޮލީވުޑް

ސްރީދޭވީ ވަނީ މަރާލައިފައި: ޖަލުގެ ޑީޖީޕީ

މުހައްމަދު އައުޒަމް

ބޮލީވުޑްގެ އެންމެ ފުންނާބު އުސް އެއް އެކްޓްރެސް، ސްރީދޭވީ ވަނީ މަރާލައިފައި ކަމަށް ޖަލުގެ ޑިރެކްޓަރު ޖެނެރަލް އޮފް ޕޮލިސް (ޑީޖީޕީ) ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ކެރެލާގެ ނޫހެއްގައި ޖަލުގެ ޑައިރެކްޓަރ ޖެނެރަލް އޮފް ޕޮލިސް އާއި ހަވާލާދީ ބުނެފައިވަނީ ސްރީދޭވީ މަރުވީ އެކްސިޑެންޓް އެއްގައި ނޫންކަމަށާއި ސްރީދޭވީ ވަނީ ގަސްތުގައި ބަޔަކު މަރާލައިފައި ކަމަށެވެ.

ޖަލުގެ ޑީޖީޕީ ބުނެފައިވަނީ ސްރީދޭވީގެ ފޮރެންސިކް ޑޮކްޓަރުވެސް މިކަމުގައި ޝައްކު އުޅޭކަމަށް ބުނެފައިވާ ކަމަށެވެ. ފޮރެންސިކް ޑޮކްޓަރު ބުނެފައިވަނީ ސްރީދޭވީ ހުރި ހޮޓަލުގެ ބާތު ޓަބްގެ ތެރޭގައި އެގޮތަށް މަރުވެދާނެ ފުރުސަތެއް ނެތްކަމަށް ބުނެފައެވެ، އޭނާ ވަނީ ސްރީދޭވީ ގެ މަރުގެ ފަހަތުގައި އަޑި ނޭނގޭ ކަންތައްތަކެއް އުޅޭކަމަށް ބުނެފައެވެ.

މީގެ ކުރިން ދިއްލީ ފުލުހުންގެ ޑީސީޕީވެސް ވަނީ ސްރީދޭވީގެ މަރުގެ ފަހަތުގައި ޝައްކު އުފެދޭ ކަންކަން ހުރިކަމަށް ބުނެފައެވެ. އަދި ސްރީދޭވީ މަރާލައިފައިވާ ހޮޓަލަށް ވަނުމަށް ކުރިމަސައްކަތް ކާމިޔާބު ވެފައި ނުވާކަމަށް ބުނެފައެވެ. ފޮރެންސިކް ޓީމުގެ ގިނަ ސުވާލުތަކަކަށް ވެސް ޖަވާބު ނުލިބޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.