އަކްޝޭ ކުމާރު އޭނާގެ އަންހެނުން ލިޔާ ފޮތްތައް ކިޔާނެ ވަގުތެއްވެސް ނުވާ ކަމަށް އޭނާ ބުނެފިއެވެ.
ބޮލީވުޑްގެ ތަރިންތަކުގެ ތެރެއިން އެންމެ ބުރަކޮށް މަސައްކަތް ކުރާކަމަށް އެންމެންވެސް ފާހަގަކުރާ އަކްޝޭއަށް އޭނާގެ އަންހެނުން ޓްވިންކަލް ކަންނާ ލިޔަމުންދާ ފޮތްތައް ކިޔާނެ ވަގުތެއް ނުވެއެވެ.
އަކްޝޭ މިކަން ހާމަކޮށްފައިވަނީ އޭނާގެ އިންސްޓަގްރާމް ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި އަކްޝޭ ބުނެފައިވަނީ އޭނާގެ އަންހެނުން ޓްވިންކަލް އެންމެ ފަހުން ލިޔުނު ފޮތުގެ ލައްކައަކަށްވުރެ ގިނަ ކޮޕީ ވިކިފައިވާއިރު އަދި މިހާތަނަށް އެ ފޮތް ނުކިޔޭ ކަމަށެވެ.
އަކްޝޭގެ ސަޕޯޓަރުން ތިބީ އޭނާގެ މި ޕޯސްޓަށް އަންހެނުން ޓްވިންކަލް ރިއެކްޓް ކުރާނެ ގޮތެއް ބެލުމަށް ކެތްމަދުވެފައެވެ.