11 އަހަރު ވަންދެން ސްކްރީނުން ދުރުގައި ހުއްޓަސް ޝިލްޕާ ކުންދްރާ އަކީ އަދިވެސް ގިނަ ބަޔަކު ލޯބިވާ ތަރިއެކެވެ. އެތައް ފޭނެއް ފޮލޯ ކުރާ ތަރިއެކެވެ. އެކްޓްރެސްކަމާއި ލިޔުންތެރިކަމުގެ ދާއިރާ އަދި ވިޔަފާރީގެ ތެރެއިން ވެސް ޝިލްޕާ ފެނިގެން ގޮސްފައިވާއިރު އޭނާގެ ފިޓްނަސް ޕޯސްޓުތައް ފޮލޯ ކުރާ މީހުން ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.
ޝިލްޕާ އަނެއްކާވެސް ފިލްމަކުން ފެނޭތޯ އެތައްބަޔަކު އެދިއެދި ތިއްބާ މިހާރު މިވަނީ އެ ހުވަފެން ހަގީގަތަކަށް ވެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމު އުފައްދާ ގިނަ ފަރާތްތަކަކުން ޝިލްޕާ އަނބުރާ ސްކްރީނަށް ގެންނަން ކުރި މަސައްކަތް ކާމިޔާބު ވެއްޖެއެވެ. ޝިލްޕާ މިވަނީ ފިލްމް ތަކަަކަށް އެއްބަސްވެފައެވެ. ނަމަވެސް އެއީ ކޮން ފިލްމު ތަކެއް ކަމައް އަދި އެނގިފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި ވަރަށް އަވަހަށް ފިލްމުތަކުގެ ފަރާތުން ހުރިހާ ތަފްސީލެއް މީޑިއާއަށް ތިލަކުރާނެއެވެ.
ވަރަށް އަވަހަށް ފޭނުންގެ އިންތިޒާރު ނިމުމަކަށް އަންނާނެއެވެ. ޝިލްޕާގެ އެނބުރި އައުން ވަރަށް ކުލަގަދަ ވާނެ ކަމަށް ފޭނުން އުއްމީދު ކުރެ އެވެ.