ބޮލީވުޑް

ފިލްމް ޒީރޯގައި ކެޓްރީނާގެ ހާއްސަ ލަވައެއް

ފިލް ޒީރޯ ރިލީސް ކުރަން ކުޑަ ދުވަސްކޮޅަކަށް ވެފައިވާ އިރު އެފިލްމުގެ އެއް ބަތަލާ ކަމުގައިވާ ކެޓްރީނާގެ ހާއްސަ ލަަވައެއް ފިލްމުގައި ހިމަނާން ނިންމައިފި އެވެ.

ބޮލީވުޑްގެ ކިންގް ޝާހުރުން ޚާން ޑްވޯފެއްގެ ގޮތުގައި ލީޑުރޯލުން ފެނިގެންދާ މި ފިލްމްގައި ބަތަލާއިންގެ ގޮތުގައި ކެޓްރީނާ ކައިފް އަދި އަނުޝްކާ ޝަރުމާ ފެނިގެންދާނެއެވެ.

ޒީރޯގެ ޓީޒާ މިއަހަރުގެ އީދުގައި ރިލީސްކޮށްފައިވާ އިރު ޓީޒާގައި ޝާހު އާއި އެކީ ސަލްމާން ފެނުމުން މި ފިލްމަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ.

ކެޓްރީނާ އަކީ އާންމުކޮށްވެސް ފިލްމްތަކުގައި އޭނާ ޑާންސް ކުރާ ހާއްސަ ލަވަތަކުގައި ބޮޑެތި ކާމިޔާބީތައް ހޯދާފައިވާ ތަރިއެކެވެ. ބައެއް ލަވަތައް ވަނީ އަހަރުގެ އެންމެ މަގުބޫލު ލަވަތަކަށް ވެސް ވެގެންގޮސްފައެވެ. އެހެން ކަމުން ފިލްމް ޒީރޯގައި ކެޓްރީނާގެ މި ހާއްސަ ލަވަ ބަލައިލަން ގިނަ ބަޔަކު ތިބީ އެދިއެދި އެވެ.