ރާއްޖޭގެ މުވާސަލާތީ ކުންފުނި، ދިރާގަށް ޝަރަފުވެރި ބައިނަލްއަގުވާމީ އެވޯޑެއް ލިބިއްޖެއެވެ.
ދިރާގަށް ލިބިފައިވަނީ ދުނިޔޭގެ އެންމެ މޮޅު ބްރޭންޑް ޓްރާންސްފޯމޭޝަންގެ އެވޯޑް، "ރީބްރޭންޑް 100 ގްލޯބަލް އެވޯޑްސް" އެވެ. މިއީ މިފަދަ ޝަރަފުވެރި ބައިނަލްއަގުވާމީ އެވޯޑެއް ދިވެހި ކުންފުންޏަކަށް ލިބުނު ފުރަތަމަ ފަހަރެވެ.
ރީބްރޭންޑް 100 ގްލޯބަލް އެވޯޑްސްއަކީ ދުނިޔޭގެ ބްރޭންޑް ޓްރާންސްފޯމޭޝަންތަކާ ބެހޭގޮތުން ދިރާސާކުރާ އެންމެ ފުންނާބު އުސް ފަރާތް، "ރީބްރޭންޑް" އިން ދުނިޔޭގެ ބްރޭންޑް ޓްރާންސްފޯމޭޝަންތަކުގެ މެދުގައި ބާއްވާ އެންމެ ޝަރަފުވެރި އެވޯޑެވެ.
އެވޯޑް ދިނުމުގައި ބަލާފައިވާ މައިގަނޑު ކަންތައްތަކަކީ އެންމެ ފުރިހަމައަށް ބްރޭންޑް ޓްރާންސްފޯމޭޝަންގެ ސްޓެރެޓެޖީތަކާއި އެ ކުންފުންޏެއްގެ ސްޓްރެޓިޖިކް މަގުސަދާއި ކުންފުނީގެ އަމާޒާ އެންމެ ގުޅޭގޮތަށް ކުރިއަށް ގެންގޮސްފައިވާ ވޭތޯއެވެ.
އެ އެވޯޑުގެ ފަނޑިޔާރުންގެ ޕެނަލްގައި ހިމެނެނީ ކަމަށް ގާބިލު އަދި ދާއިރާގެ ތަޖުރިބާކާރުންނެވެ.