ރައްޔިތުންގެ މަޖިލިސް

ރިލްވާން މައްސަަލައިގައި ފުލުހުން އިހުމާލުވެފައިވޭތޯ ބެލުމަށް ބާއްވާ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ ސިއްރުކޮށްފި

އިބްރާހިމް ޒަކީ

ވީނުވީގޮތެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބުދުﷲ ގެއްލުނު މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އިހުމާލު ވެފައިވޭތޯ ބެލުމަށް ބާއްވާ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ ބައްދަލުވުން ސިއްރު ކޮށްފިއެވެ.

މި މައްސަލައަކީ ރިލްވާން ގެއްލިފައިވާ މައްސަލަ ބެލުމަށް އެކި ފަރާތްތަކުން ކުރަމުން ގެންދިޔަ މަަސައްކަތްތަކުގައި ކަމާބެހޭ މުއައްސަސާތަކުގެ އިހުމާލު ވުން އޮތް މިންވަރު ބެލުމަށް ކޮމިޓީިން ކުރިއަށްގެންދާ މަސއްކަތްތަކެކެވެ.

ހިއުމަން ރައިޓްސް ކޮމިޝަންވެސް މި މައްސަލައިގަ އިހުމާލު ވެފައިވާ ކަމަށް މަޖިލީހުގެ ބައެއް ކޮމިޓީތަކުން ވަނީ ތުހުމަތުކޮށްފައެވެ،

ރިލްވާންގެ މައްސަަލަ އާއި ވީނުވީ ގޮތް ނޭނގި ގެއްލިފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކާބެހޭ މައްސަލަތައް ބެލުމަށް ރައީސުލް ޖުމްހުރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ބަލަމުން ގެންދާއިރު، މައްސަލައާއި ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާއި ގުޅޭ ރިޕޯޓް މިދިޔަ އާދީއްތަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ހިއްސާކޮށްފައިވާ ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.

އެޗްއާރުސީއެމުން ބުނެފައިވަނީ މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލިސްތަކުގެ އަޑުއެހުމަށް ކޮމިޝަނުން ކޯޓަށް ހާޒިރުވެފައިވާ ކަމަށެވެ.

މީގެ އިތުރުން މި މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމްގެ އިތުރުން ފުލުހުންގެ ތަހުގީގާ ގުޅޭގޮތުން ފާހަގަކުރެވުނު ކަންކަމާއި ގުޅޭގޮތުން ފުލުހުންނާއި ޕީޖީއާއެކު މަޝްވަރާކޮށްފައިވާކަމަށް ވެސް އެޗްއާރުސީއެމުން ބުނެފައިވެއެވެ.